ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގައި ފެނަކައިން އަޅައިދިން އައުން އިންޖީނުގެއާއި އޮފީސް އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައި ކުރިން ބޭނުންކުރަމުންދިޔަ 22 އަހަރުވީ ގެދަބުޅި އިންޖީނުގެ ބަންދުކޮށްފިއެވެ. އެރަށުގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އެރަށުގައި ކުރިން ބޭނުންކުރަމުން އައި އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަަހައްދުގައެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑަށް ތަކުލީފް އުފުލަން ޖެހުނެވެ. އެހެންނަމަވެސް އަދުގެސަރުކާރުން ފެނަކަ މެދުވެރިކޮށް އަޅައިދިން ޒަމާނީ އިންޖީނުގެ ސަބަބުން އެ ތަކުލީފުތަކަށް ވަނީ ނިމުމެއް އައއިސްފައެވެ. ކުރީގެ އިންޖީނުގޭގެ ބޮޑުމިނަކީ 89 އަކަމީޓަރެވެ. އެހެންމަވެސް އެރަށު ރައްޔިތުންނަށް އަލަށް ލިބުނު އިންޖީނުގޭގެ ބޮޑުމިނަކީ 206 އަކަމީޓަރެވެ.

ބައު އިންޖީނުގޭގައި ބޭނުންކުރަމުން އައީ 1000 ކިލޯވޯޓުގެ ޖެންސެޓެކެވެ. އައު އިންޖީނުގޭގައި މިހާރު ބޭނުންކުރަމުން އަންނަނީ 1400 ކިލޯވޮޓުގެ ކެޕެސިޓީގެ ޖެންސެޓެކެވެ. އައު އިންޖީނުގެ ޑިޒައިންކޮށްފައިވަނީ 600 ކިލޯވޮޓުގެ 3 ޖެންސެޓާއި 800 ކިލޯވޮޓުގެ 1 ޖެންސެޓް ބެހެއްޓޭ ގޮތަށް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

އިންޖީނުގެެއާއި އޮފީސް އިމާރާތް ފަރުމާކޮށްފައިވަނީ ޖުމްލަ 34 މުވައްޒަފުންނަށް އެކޮމޮޑޭޓް ކުރެވޭ ގޮތަށެވެ. އެއީ އިންޖީނުގޭގެ 4 މުވައްޒަފުންނާއި އޮފީހުގެ 30 މުވައްޒަފުންނެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ޑެގްރޫމާއި، ކޮންޓްރޯލް ރޫމާއި، ވޯކްޝޮޕަކާއި، ސްޓޯރޭޖަކާއި، ޕޭންޓްރީއަކާއި, ޗިމްނީ އަކާއި ފާޚާނާއަކާއި، ޑޭ ޓޭންކަކާއި، ޑީސަލް ޓޭންކެއް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން އޮފީސް އިމާރާތުގައި މީޓީން ރޫމަކާއި، މެނޭޖަރ ރޫމަކާއި، ރިސެޕްޝަން އަދި ލޮބީ އޭރިއާއެއް ހިމެނެއެވެ. އޭގެ އިތރުން ޖެނެރަލް އޮފީހަކާއި ސްޓޯރޭޖަކާއި، ޕޭންޓްރީ, ޓެކްނިކަލް ސްޓާފް ރޫމަކާއި، ފާޚާނާއެއް ހިމެނެއެވެ.