އައްޑޫ ސިޓީ ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މިއީ މި މަހު 23 ވަނަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އެކެޑެމީ ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ އައު އަހަރާ ދިމާކޮށް ރަށުތެރޭގައި ބަނގުރާ ބޭނުންކުރުމާއި ރަށުތެރޭގެ މަސްލަހަތު ނަގައިލުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި ހިތަދޫގެ އެކި ސަރަހައްދުތަކާއި ފަޅު ގޯތިތައް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަންތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.