ރައީސް ޔާމީނަށް މިއަދި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ ފުޅޫ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަނޑާލީ އިންޑިއާ އަށެވެ. އޭނާ ވިދާޅުވީ އެއީ އިންޑިއާ އަޑީގައި އޮވެެގެން އިއްވި ހަރާމް ހުކުމެއް ކަމަށެވެ.

ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ގާޒީ ވަނީ ވ. އާރަށް މައްސަލައާއި މަނީލޯންޑްރިންގެ މައްސަލަ ރައީސް ޔާމީގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. ހުކުމަށްފަހު އަދުރޭ މީޑިއާގައި ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނޭ ކަމަށެވެ. އޭނާ ވިދާޅުވީ ހުކުމް މާޔޫސް ނުވާކަމަށައި އަންނަ އަހަރގެ ރިޔާސީ އިންތިޚާބުކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެެ.

ޔާމީންގެ ޝަރީއަތް ފެށުން ދެ ގަޑިއިރަށް މިއަދު ލަސްވުމުން އެކަން ވެސް އަދުރޭ އެޅުވީ އިންޑިއާ ބޮލުގައެވެ. އެއީ ވެސް އެގައުމު އަޑީގައި އޮވެެގެން ކުރިކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.