ދިވެހިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި މަޝްހޫރު ކޮމީޑިއަން އަބްދުﷲ އަލީ ނުވަތަ އާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވާ ނަމުން ނަމަ "އިބްރާހީމްބެ" ނިޔާވެއްޖެއެވެ.

އިބްރާހީމްބެ ނިޔާވީ ރޭ އައިޖީއެމްއެޗްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ގިނަ ދުވަސް ތަކެއް ވަންދެން ބަލިކޮށް އުޅުމަށްފަހު އިބްރާހީމްބެ ނިޔާވިއިރު އުމުރަކީ 57 އަހަރެވެ. އިބްރާހީމްބެ ޖަނާޒާ އޮންނާނީ މިއަދު މެންދުރުފަހު އާސަހަރާ މިސްކިތުގައެވެ.

ޔޫސޭގެ ''ދިރިއުޅުމަކީ މިއީބާ'' ކޮމިޑީ ސީރީސްއިން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ އިބްރާހީމްބެއަކީ ދިވެހިންގެ މެދުގައި ވަރަށް މަޝްހޫރު ކޮމީޑިއަންއެކެވެ. މި ޑްރާމާގައި އިބްރާހިމްބެ މުޅީންވެސް ފެންނަނީ ވަރަށް ރުޅިގަދަ ރޯލުތަކުންނެވެ. އެ ކެރެކްޓަރ އެންމެ ފުރިހަމައަށް އަދާކުރާ އެކަކީ އޭނަކަމަށް މި ސީރީސް ބަލާ ގިނަ މީހުން ގަބޫލު ކުރެއެވެ.

އިބްރާހިމްބެ ނިޔާވުމާ ގުޅިގެން ހަލި ނިއުސް ޓީމުގެ ފަރާތުން އިބްރާހީމްބެ ގެ އާއިލާއަށް ތައުޒިޔާ ދަންނަވަމަވެ.