ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މ. ކޮޅުފުށްޓަށް ވަޑައިގެންފިއެވެ. މިއީ މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ކޮޅުފުށީގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވަޑައިގެންވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ ރައީސް ހުޅުއްވައި ދެއްވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ޝަރަފްވެރި ވެސް ކޮށްދެއްވާނެެއެވެ. އޭގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް ވެެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ކޮޅުފުށީ ކައުންސިލާ، އ.ތ.މ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާނެއެވެ. މިދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ.