ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުން އަންނަ އެއަރޕޯޓްގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ. އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ މަސައްކަތުގެ 85 ޕަސެންޓް މިހާތަނަށް ވަނީ ނިމިފައި ކަމަށެވެ. އޭގެ ތެރޭގައު ރަންވޭ، ޓެކްސީވޭ، އޭޕްރަން މަސައްކަތްތަކުގެ 93 ޕަސެންޓް ވެސް ވަނީ މނިމިފައި ކަމަށް ބުނެފައިވެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގައި ތަރައްގީކުރަނީ 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެހެންނަމަވެސް ދިމާވި އެކި ސަބަބުތަކާހެދި އެމަސައްކަތް އަދިވެެސް ދަނީ ލަސްވަމުންނެވެ. މި މަސައްކަތުގެ އަގަކީ 144.8 މިލިއަން ރުފިޔާ އެވެ. ޝެޑިއުލާ އެއްގޮތަށް ދިޔަނަމަ 2021 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިމޭނެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ 2020 ވަނަ އަހަރު ނޮވެމްބަރު ދިހައެއްގައެވެ. މިއީ ފަޅުރަށްތަކެެއް ގުޅުވައިގެން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓެވެ. މި މަސައްކަތް ނިމި އެއާޕޯޓު ހުޅުވޭނޭ ދުވަހެއް އަދިވެސް ކަށަވަރު ވެފައެއް ނުވެއެވެ. ދެތިން ފަހަރެއްގެ މަތީން ވަަނީ ހުޅުވާނޭ ދުވަސް ވެސް އިއުލާން ކޮށްފައެވެ. އެހެންނަމަވެސް މަސައްކަތް ނުނިމޭތީ އެއިން އެއްވެސް ތާރީޚެއްގައި ހުޅުވިފައެއް ނުވެއެވެ.