ބޭނުންވާތަކެތި:

1 މޭޒުމަތީ ސަމްސާ އޯޓްސް

½ ޖޯޑު ފެން

ހިކި ކިރު (ފޯމިއުލާ)

ޕްރޫން

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކަން އުދާށެވެ. ކެކެންފެށުމުން ދޭފަތުން އެއްކުރަމުން އޯޓްސް އަޅާށެވެ. އޯޓްސް މަޑުވެ އޮލަވަންދެން މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ފޯމިއުލާ ކިރާއި ޕްރޫން އެޅުމަށްފަހު ދަރިފުޅަށް ކާންދޭންވީމަ މިކްސަރުން ހިމުންކޮށްފަ ކާންދޭށެވެ.

ނޯޓް: އޯޓްސް ބަކުން ތައްޔާރު ކުރާއިރު ދޮންކެޔޮ ނުވަތަ ކަދުރު އެޅުމުންވެސް މީރުވާނެއެވެ.