ނ. ޅޮހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މިއީ 82.934,768,68 ރުފިޔާ ގެ މަޝްރޫއެއް ކަމަށެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރެއްވީ 640 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ބަނދަރު ފުން ކުރުން
  • ނެރު ފުން ކުރުން
  • 281 މީޓަރ ބްރޭކްވޯޓަރ ޖެހުން
  • 40 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ
  • 95 މީޓަރ ރިވެޓްމެންޓް ޖެހުން
  • 50 މީޓަރ ގްރޮއިން ޖެހުން
  • 366 މީޓަރ އެއްގަމު ތޮށި ޖެހުން
  • 366 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން
  • 10 މޫރިންގ ބޮއި ހަރުކުރުން
  • 121 އަކަ މީޓަރ ރޭންޕެއް ހެދުން
  • ކޮންކްރީޓް ޖެޓީއެއް ހެދުން
  • ނެވިގޭޝަން ލައިޓް ހަރުކުރުން
  • މަގު ބައްތި ހަރުކުރުން
  • 1720 އަކަ މީޓަރު ޕޭވްމަންޓް

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫގެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ.