އައްޑޫސިޓީ ހުޅުދޫގައިހުރި ތާރުކޮންޓެއިނަރ ތަކެއްގައި ރޯވެ ވަރަށް ބޮޑަށް ގެއްލުން ވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޯވި ކޮންޓެއިނަރތަކުގެ ތެރޭގައި ހަލާކުނުވާ ކޮންޓެއިނަރަތައް ވެސް ހުރިކަމަށެވެ. އެހެންނަމަވެސް ހަލާކުވީ ކިތައް ކޮންޓެެއިނަރ ކަމެއް އަދި ހަލާކު ނުވަނީ ކިތައް ކޮންޓެއިނަރ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހަވީރު 5:28 އެހައިންކަންހާއިރު އެންމެފުރަަމަ ރޯވީ ހުޅުދޫ ބަނދަރު ސަރަހައްދުގައިހުރި ކުނި ފުންޏެއްގައި ކަމަށެވެ. 6:50 އެހައިކަންހާއިރު އެމްއެންޑީއެފް ފަޔަރުން ވަނީ އެ އަލިފާން ނިއްވާލާފައެވެ.

އެފަހުން މިރޭ 8:03 އެހައިކަންހާއިރު ހުޅުދޫ ވަލުތެރޭގައި ރޯވި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ތާރު ކޮންޓެއިނަރތަކުގައި އަލިފާން ރޯވީ ވަލުތެރޭގައި ރޯވި އަލިފާން ފެތުރިގެންގޮހެވެ. މިރޭ 9:30 ގައި ވަނީ ކޮންޓެއިނަރތަކުގައި ރޯވި އަލިފާން ވެސް ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެެއެވެ. ތާރުތަކަށް ފެންއަޅައި ފިނުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.