'ހެޕީމާކެޓް' ގެ ހެޑު އޮފީހާއި ފިހާރަތައް މާދަން ކުރަން ނިންމާފައިވާ ކަމަށް އެ ތަނުން ބުނެފިއެވެ. އެ ކުންފުނީގެ ފިހާރަތައް މާދަން ބަންދު ކުރަނީ އައު އަހަރާ ގުޅިގެންނެވެ.

ބަންދަށް ފަހު އަލުން ފިހާރަތަކާއި، ހެޑް އޮފީސް ހުޅުވޭނީ 2 ޖަނަވަރީ 2023 ވާ ހޯމަދުވަހު ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

ހެޕީމާކެޓަކީ ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަނަން ރާއްޖެއަށް މަޝްހޫރު ކުންފުންޏެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އެކުންފުނީގެ ފިހާރަތައް ވަނީ ހުޅުވާފައެވެ.

އެ ތަަނުން ވިއްކާ ކާބޯތަކެތީގެ ތެރޭގައި ބޯންލެސް ޗިކަންއާއި، އަސްދޫންޏާއި، ހިކިކިރާއި، ޗިކަން ބްރެސްޓާއި، ޗިކަން ޑްރަމްސްޓިކާއި ބީފް ޗަންކްސް ފަދަ ކާއެއްޗެހި ހިމެނެއެވެ. މީގެ އިތުރުން ލޭމްބް ގެ އެކި ކަޓްތަކާއި، މަޓަން ކަޓްސްއާއި ހޯލް ޓަރކީއާއި ފްރެންގަސޯލް ސޮސެޖު ހިމެނެއެވެ.

ހެޕީމާކެޓަކީ ރާއްޖެއަށް ފިނިކުރި ކާބޯތަކެތި އެތެރެކޮށް ވިއްކަން ފެށި ފުރަތަމަ ކުންފުންޏެވެ.