މާލޭގައި އާންމުކޮށް ކުނި އަޅާ ތަންތަން ކަމަށް ފާހަގަ ކުރެވޭ ލިސްޓެއް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ އެ ތަންތަނަށް ކުނި ނޭޅުމަށެވެ. އޭގެ އިތުރުން ކައުންސިލްގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށް އޭގެ އެއްވެސް ތަނެއްގައި ކުނު ނުބެހެއްޓުން ކަމަށް ވެސް ވިދާުވެފައިވެއެވެ. ކުނި އަޅާކަމަށް ފާހަގަކޮށް މާލޭ ސިޓީން ކައުންސިލުން ވަނީ މާލޭގެ 18 ތަނެއް ލިސްޓުގައި ހިމަނާފައެވެ. އޭގެ ތެރޭގައި މާލޭގެ 4 އަވަށުގެ ސަރަހައްދުތައް ހިމެނެއެވެ.

ސިޓީކައުންސިލުން ވިދާޅުވެފައިވަނީ އޭގެ އެއްވެސް ތަނެއްގައި ކުނި ބަހައްޓާ ބަޔަކު ނުވަތަ މީހަކު ފެނިއްޖެނަމަ ނަސޭހަތްތެރިވެ އެކަން ހުއްޓުވުމަށެވެ. ނުހުއްޓުވިއްޖެނަމަ ސިޓީކައުންސިލްގެ ކޯލް ސެންޓަރ 1622 އަށް ރިޕޯޓް ކުރުމަށް ވެސް އެދިފައިވެއެވެ.