މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑު އޮޔާދަނިކޮށް ނެގުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެ ހަށިގަނޑު އޮޔާދަނިކޮށް ފެނިފައިވަނީ ވ. ވެމްޕަރު ފަޅުގެ ހުޅަނގު އުތުރުންނެވެ.

ފުލުހުން ވިދާޅުވީ އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:03 އެހައިކަންހާއިރު ކަމަށެވެ. މައުލޫމާތު ލިބުުނން އެ އެހަށިގަނޑު ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.

މި ކަމާގުޅިގެން ބަަލަމްޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އިންސާނުންގެ ހަށިގަނޑު ރާއްޖެގެ އެކި ރަށްރަށަށް ދޭތެރެދޭތެރެއިން ލައްގައެވެ. އަދި މިގޮތަށް ކަނޑުމަތިން ނުވަތަ ފަޅުތެރެއިން ފެންނަމުން ދެއެވެ.