ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ އިން މިރޭ މާލޭގައި ބޭޭއްވި މުޒާހަރާއިން 15 މީހަކު ހައްޔަރުކޮށްފި ކަމަށް ޕީޕީއެމުން ބުނެފިއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވެސް ހިމެނެއެވެ.

މި މުޒާހަރާއަކީ ވ. އާރަށް ކުއްޔަށްދިނުމަށް ހިންގި މުއާމަލާތުގައި އެއްމިލިއަން ޑޮލަރުގެ ރިޝްވަތު ހިފުމާއި އެފައިސާ ލޯންޑަރ ކުރިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި ހުކުމެކެވެ. އެ ހުކުމުގައިވަނީ ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށް އެފައިސާ 6 ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ އެ ޙުކުމް ގަބޫލު ނުކުރާ ކަމަށާއި އެއީ "ހަރާމް ހުކުމެއް" ކަމަށެވެ. ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ އެ މައްސަލަ މަތީކޯޓުގައި އިސްތިއުނާފުކޮށް ކާމިޔާބު ކުރައްވާނޭ ކަަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދެ މީހަކު މިހާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެމީހުން ވެސް ހައްޔަރު ކޮށްފައިވަނީ ނުހައްގުން ކަމަށާއި އެމީހުން ހައްޔަރު ކުރުމުގައި ފުލުހުންވަނީ ނާޖާއިޒު މިންވަރަށް ބާރުގެ ބޭނުންކޮށްފައި ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ. އެހެން ކަމުން ވަގުތުން އެމީހުން ދޫކުރުމަށް ފުލުހުންނަށް ވަނީ ގޮވާލައިފައެވެ.