މިއަހަރު ރައްޔިތުންނަށް ދިމާވާނޭ އެންމެބޮޑު އެއް މަސައްލައަކީ ތަކެތީގެ އަގުބޮޑުވުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަދި އެމްޑީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވާ ރައީސް ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޮނޑިބަތް ޕާކުގައި ބޭޭއްވި ކެންޕޭން ޖަލްސާގައެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ތަކެތީގެ އަގުބޮޑުވީ އެކަށީގެން ނުވާ ވަގުތެއްގައި ސަރުކާރުން ޓެކްސްގެ އަގުބޮޑު ކުރުމުން ކަމަށެވެ. "އާ އަހަރުގައި ވެސް ތަކެތީގެ އަގުބޮޑުވުމަކީ އަޅުގަނދުމެން އުފުލާންޖެހޭނޭ އެންމެބޮޑު އެއްތަކުލީފު. މިކަމުގައި ވެސް އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ ވަރަށްގިނަ މެމްބަރުގެ ހިތްހަމަނުޖެހުން މިކަމުގައި ވެސް ސަރުކާރުގެެ މައްޗަށް މިއޮޮންނަނީ ސިޔާސަތު ތަންފީޒު ކުރަމުންދިޔަ ގޮތުގެ ސަބަބުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2013 އާއި 2018 އާ ދެމެދު ނަގައިފައިވާ ދަރަނި ދައްކަން ނިންމާން އޮތީ ފެށުނު 2023 ވަނަ އަަހަރަށް ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ދަރަނީގެ ކަންކަމާ އަޅައިނުލާ ދޫކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ދަރަނި ދެއްކުމަށް ވެސް ނެގީ ދަރަނި ކަމަށް ނަޝީދު ވިދާުވިއެވެ. އެހެން ކަމުން ދައުލަތުގެ ރިޒާވް އަމިއްލަ ވިޔަފާރިވެރިއެއްގެ ސޭވިން އެކައުންޓަށްވުރެ ދަށްވާ ހިސާބަށް ވަނީ ގޮސްފައި ކަމަށް ވެސް ވިދާޅުވިއެވެ. ނަތީޖާއަކަށްވީ އިންތިހާއަށް ޓެކްސް ބޮޑުކުރަން ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން މުދަލުގެ އަގު މިވަގުތު އުފުލިފައިނެތް މިންވަރަށް މުސްތަގުބަލުގައި ބޮޑުވެެގެންދާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.