ގދ. ރަތަފަންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެގެ ޢިމާރާތުގެ ބިންގާއަޅައިފިއެވެ.

މިއިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދާއި ރަތަފަންދޫ ކައުންސިލްގެ ރައީސް ޙުނައިފް އަސްލަމެވެ.

ރަތަފަންދުއަށް ދިމާވެފަވާ ކަރަންޓުގެ މައްސަލައަށް ޙައްލުކުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ މިމަސައްކަތަކީ ގދ. ނަޑެއްލާގެ އިންޖީނުގޭގެ މަސައްކަތާއެކު މިއަހަރުގެ ކުރީކޮޅު ފަށަން ހަމަޖެހިފައިއޮތް މަސައްކަތެއް ކަމަށަށް ރަތަފަންދޫ ކައުންސިލުން ހާމަކުރެއެވެ. އެހެން ނަމަވެސް މި މަސައްކަތް ނުފެށި ލަސްވީ ރަށުން އިންޖީނުގޭގެ އައު ޢިމާރާތަށް ބޭނުންވާ ބިން ލިބުމުގައި ދިމާވި ލަސްތަކުގެ ސަބަބުންނެވެ.

ރަތަފަންދޫ ކައުންސިލުން ބުނީ އާ އިންޖީނުގޭގެ ޢިމާރާތުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށާ، މި ޢިމާރާތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފަވާކަމަށެވެ.