ގޮތް ނޭޭނގޭ ފަތްތަކެއް ކޮޅުމަޑުލުގެ ބައެއް ރަށްރަށުން ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެއީ ކޮންވައްތަރެއްގެ ފަތެއް ކަމަށް އަދި އެނގިފައިނުވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮންބާވަތެއްގެ ފަތެއް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުަތުން ވިދާޅުވިއެވެ.

މި ފަތްތައް ފެނިފައިވާ ރަށްރަށުގެ ތެރޭގައި އޮޅުވެލިފުށި ފިނޮޅު ހިމެނެއެވެ. އޭގެ އިތުރުންް ކަނޑޫދޫން ވެސް ފެނިފައިވެއެވެ. ފަތްތައް ފެނިގެން ފުލުުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިފަތްތައް ހުންނަނީ ޕެކްކޮށް ކޮތަޅަށާއި ގޯނިގޯންޏަށް އަޅައިފައެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގާފައިވެއެވެ. މިފަތްތަކާ ބެހޭގޮތުން އެކި މީހުން އެކިގޮތަށް ވާހަކަ ދައްކައެވެ. ދުންފަތުގެ ބަދަލުގައި ބޭނުން ކުރާއެއްޗެއް ކަމަށް ވެެސް ބައެއް މީހުން ބުނެއެވެ.