އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ޕީީޕީއެމުން ޚާއްސަ ޖަަލްސާއެއް ބާއްވަން ނިންމައިފިއެވެ. އެ ޖަލްސާ ބާއްވަން ނިންމައި މިހާރުވަނީ ޖަލްސާ ހިނގަމުންދާ ވަގުތު އެސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަަހައްޓައިދިނުމަށް އެދި ފުލުހުންގެ ކިބައިން އެދިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިޖަލްސާއަކީ "އަޑު އުފުލުމުގެ" ގޮތުން ބާއްވާ ޖަލްސާއެއް ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެކަމާ ދެކޮޅަށް ޕްރޮގްރެސްވިސް ކޮންގްރެސް ކޯލީޝަނުން ގެންދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. އެ މުޒާހަރާތަކުގައި ގަވާލަމުން ދަނީ ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެހެން ކަމުން އެ މަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭކަމަށް ބުނެ އަޑު އުފުލަމުންގެންދެއެވެ.

ޕީޕީއެމުން މިރޭ މިރޭގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 8:00 ގައެވެ. އެޕާޓީގެ އިތުރުން އެމްޑީޕީގެ ޖަލްސާއެއް މިރޭ އެޕާޓީގެ މައިހަރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ޕްރައިމަރީ ކެންޕޭން ޖަލްސާ އެކެވެ.