މިރޭ 8:45 ގައި ޕީޕީއެމުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވަމުން ނިންމާފައިވާ ޖަލްސާ ފަށަން އުޅުމުން ފުލުހުން ހުރަސް އަަޅައިފި ކަމަށް އެޕާޓީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ ފުލުހުން ހުރަސް އެޅިޔަސް މިރޭގެ ޖަލްސާ ބާއްވާނޭ ކަމަށެވެ. ފުލުހުން މިހާރު ގެންދަނީ ޖަލްސާ ބާއްވާ ސަރަަހައްދު ބަންދު ކުރަމުން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މިޖަލްސާ ބާއްވަން ކުރިން ވަނީ މާލެ ސިތީކައުންސިލުން ހުއްދަވެސް ނަގާފައި ކަމަށް ހީނާ ވިދާޅުވިއެވެ. ސިޓީކައުންސިލުން ހުއްދަ ނެގުމަށްފަހު ޖަލްސާގެ ސަލާމަތީ ކަންކަން ބަލަހައްޓައި ދިނުމަށް އެދި އެޕާޓީން ވަނީ ޕޮލިސް ކޮމިޝަނަރަށް ސިޓީއެއް ވެެސް ފޮނުވާފައެވެ.

ޕީޕީއެމްގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ރިޔާސީ ޕްރައިމަރީ ކެންޕޭން ޖަލްސާއެއް ވެސް އެމްޑީޕީގެ މައިހަރުގޭގައި މިރޭ ކުރިއަށްދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ޖަލްސާއަށް ފުލުހުން ހުރަސް އަޅަނީ ދެ ޕާޓީން އެއްސަރަހައްދެއްގައި ދެ ޖަލްސާއެއް އެއްވަގުތަކު ބާއްވާތީ ހަމަހަމަނުޖެހުމެއް އުފެދިދާނެތީއެވެ. އެހެންމަވެސް މިކަމާ ބެހޭގޮތުން ފުލުހުން އެއްވެސް އެއްޗެއް އަދި ވިދާޅެއް ނުވެެއެވެ.