ނ. އަތޮޅު ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރަށްކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން ބުނީ އެމަސައްކަތުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 25 ޕަސެންޓް ވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 138,247 އަކަ މީޓަރުގެ ހިއްކި ސަރަޙައްދު ލެވެލް ކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.