ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާއި އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފ.ފީއައްޔަށްވަޑައިގެންފިއެވެ. އެރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަަވައިފައެވެ.

މި ދަތުރުފުޅަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިންނަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ނަޝީދު ފީއައްޔަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ނަޝީދު ވަނީ ދޮރުން ދޮރަށް ކެމްޕެއިން ކުރައްވައި ފީއަލީގެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ ޖެނުއަރީ 28 ގައެވެ.