ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޖީއޭ ޕާކިންގައި ތާރު އެޅުމުގެ މަޝްރޫޢުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިއްޖެ ކަމަށް އެމަސައްކަތްކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުން
  • 55،818 އަކަ މީޓަރުގެ ސަރަޙައްދެއްގެ ޓޮޕްސޮއިލް ނެގުން
  • 8372.70 އަކަ މީޓަރުގެ ސަރަޙައްދަކަށް ވެލި އަޅައި ލެވެލް ކުރުން
  • 55،818 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުން
  • 8372.70 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުން
  • 55،818 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުން

މިއީ ސަރުކާރުން 91.45 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ.