މާލެއާއި ހުޅުމާލޭގައި އިއްޔެ ހަވީރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 11.26 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ފުލުހުންގެ، ކައުންޓަރ-ނާކޮޓިކްސް ޓީމުން ހިންގި ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި މާލޭގެ 4 ސަރަހައްދަކާއި ހުޅުމާލޭގެ ސަރަހައްދެއް ބަލައި ފާސް ކޮށްފައިވެއެވެ.

ސީޕީ ވިދާޅުވީ މި މައްސަލަ ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެތީގެ މިންވަރު މިހާރުވަނީ އިތުރުވާކަން ފާހަގަ ވެފައެވެ. އެހެން ކަމުން މިއީ އިތުރަށް ވިސްނަންޖެހޭ މައްސަލައެކެވެ.