ހއ. މަނަފަރު ރިސޯޓުގެ އިންޖީނި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މަނަފަރު ރިސޯޓްގެ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 04:35 ހާއިރު ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ފަޔަ ޓީމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު 05:45 ގައި ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވިކަން މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.