ސަރުކާރުން 36.13 މިިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކ. ކަނޑު އޮތްގިރީގައި ހިންގާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަަށުން ބަނދަރުގެ ބޭރުތޮށި ލައި ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން މިއަދު ބުނީ މި މުޅި މަސއްކަތުގެ 40 ޕަސެންޓް މިހާރުވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • ހާބަރ ޕޭވްމަންޓް ހެން
  • ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުން ހިމެނެއެވެ.