މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި އާންމުކޮށް އިއުލާނުކޮށްފިއެވެ.

ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ހޯދަނީ މއ. މަލިކުރުވާގޭ އަބްދުﷲ ސާޖިއު ހަސަނެވެ. އޭނައަކީ އުމުރުން 25 އަހަރުގެ މީހެކެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި އޭނާ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވަނީ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ، އަދި އޭނާގެ އާއިލާއަށް ވެސް އުޅޭ ވަކި ތަނެއް އެނގިފައި ނުވާ މީހެއް ކަމަށެވެ.

މިގޮތުން، މިމަހު ސޯޅަވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް އޭނާ ފުލުހުންގެ މައި އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށް ފުލުހުންވަނީ އަންގާފަައެވެ.

.