ރާއްޖޭގެ ސިޔާސީ މަޝްރުހުގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ކަމަށް އެޕާޓީގެ ޑެޕިޔުޓީ ލީޑަރ ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާުވެފައިވަނީ އިދިކޮޅު ލީޑަރަކަށް ސިޔާވީ، އިދިކޮޅު ލީޑަރަކަށް ކުރިން ހުންނެވި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމާ ގުޅިގެންނެވެ. ރައީސް ޔާމީން "ޖަލަށްލުމާ ގުޅިގެން މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން މިވަގުތު ރާއްޖޭގެ އިދިކޮޅު ލީޑަރަކީ އެމްޑީއޭގެ ރައީސް އަޙުމަދު ސިޔާމް މުހައްމަދު،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންކަމުން ރަފިއްޔާ ވަނީ ސިޔާމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރަފިއްޔާ ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނައްޓަކާ ސަރުކާރު ޒިއްމާދާރު ކުރުުގެ މަސައްކަތް ޤާނޫނު އަސާސީ ތަންދޭ އެންމެ ފުޅާމިނެއްގައި އެޕާޓީން ކުރާނޭ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވާ ކަމަށެވެ. "މި ހައްސާސީ ވަގުތުގައި ތިޔަ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަޑުމެން މިކުރާ ގައުމީ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން." އޭނާ ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޖަލަށްލިޔަސް ޕީީޕީއެމް/ޕީއެންސީ އިން ބުނަމުން ގެންދަނީ އަދިވެސް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީވެސް ރައީސް ޔާމިން ކަމަށެވެ. ސަރުކާރުން އެކަން ހަނދާންކުރުމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.