އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުއްޓާ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ގދ. ފަރެސްމާތޮޑާ ފަރެސް އަވަށު ދިލްދާރޫގޭ އާމިނަތު ރަޝީދާ (ދޮންބީފާނު) އެވެ.

އޭނާ މައްކާއަށް ދިޔައީ މިދިޔަ ޑިސެމްބަރ 29 ވަނަދުވަހުއެވެ. އޭނާ ދިޔާއީ އަލްޙައްޖު ވަލްއުމްރާ ގުރޫޕުންނެވެ. އޭނާ ނިޔާވީ ހޯމަދުވަހުގެރޭ މައްކާ ގަޑިން 11:55 އެހައިކަންހާއިރުއެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 84 އަހަރެވެ. އޭނާ މައްކާއަށް ދިޔައީ ބައެއް ދަރީންނާ ވެސް އެކުގައެވެ. އާއިލާއަށް މިނޫހުގެ ފަރާތުން ތައުޒިޔާ ކިޔަމެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.