ކޭޝްކާޑު ބޭނުން ކޮށްގެން ބަސްދަތުރުތަކަށް ފައިސާ ދެއްކޭނޭގޮތް ހަމަޖައްސައިފިއެވެ. އެ ޚިދުމަތް ފަށްޓަވައި ދެއްވީ އެމްީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

މިއީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް ބޭނުންކުރައްވާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް އެމްޓީސީސީން ބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑާއި ގުޅިގެން ތައާރަފްކުރި ޚިދުމަތެކެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓަރކާރޑް ނުވަތަ ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން މިހާރު ފައިސާ ދެއްކޭނެއެވެ.

މާސްޓަރކާރޑް އަދި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުނުންވާ ވެލިޑޭޓަރ މާލެ ސިޓީގެ ހުރިހާ އާރް.ޓީ.އެލް ބަހެއްގައިވެސް ހަރުކުރެވިފައި ހުންނާނެއެވެ. އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް އިސްވެ ދެންނެވުނު ބާވަތުގެ ކޮންޓެކްޓްލެސް ކާޑު، ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރގެ ސްކޭނަރގައި ޓެޕްކޮށް ލުމުން ނުވަތަ ޖައްސާލުމުން ވަގުތުން ފައިސާ ދެއްކޭނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ބޭނުންކުރަށްވާ ދަތުރުވެރިންގެ ފަސޭހައަށް އިތުރު މިކުރެވުނު ފައިސާދެއްކޭނެ އިންތިޒާމާއިއެކު، ތިރީގައި ބަޔާންކޮށްފައިވާ 3 ގޮތަށް ބަހުގެ ޓިކެޓަށް ފައިސާ މިހާރު ދެއްކޭނެއެވެ.

1 -ނަގުދުކޮށް ފައިސާ ދެއްކުން (ކަރުދާސް ޓިކެޓް) ނަގުދު ފައިސާ ބޭނުންކޮށްގެން ސީދާ ބަހުން ކަރުދާސް ޓިކެޓެއް ގަތުން؛ )މި ޚިދުމަތް ލިބޭނީ މާލެ ބަސް R10, R11, R12 އަދި އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ލާމު – ގަން، ފޮނަދޫ، އިސްދޫ އަދި ކަލައިދޫ(

2 -އޮންލައިން ކޮށް ފައިސާ ދެއްކުން (ކިޔު.އާރް ޓިކެޓް) އާރް.ޓީ.އެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށްއޮންލައިންކޮށް ކިޔު.އާރް ޓިކެޓެއް ގަތުން؛ )މި ކުންފުނީގެ ހުރިހާ އާރްޓީއެލް ބަހާއި އަދި ފެރީގެ ޚިދުމަތަށް ބޭނުންކުރެވޭނެ(

3 -ޓެޕް ޓު ޕޭ (ޓިކެޓްލެސް) މާސްޓަރކާރޑް އަދި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް މެދުވެރިކޮށް ޓެޕް ޓު ޕޭ އުޞޫލުން ފައިސާ ދެއްކުން. މިއީ ޓިކެޓްލެސް ޚިދުމަތެއް ކަމުން، މިގޮތަށް ޓިކެޓަށް ފައިސާ ދައްކަވާ ފަރާތްތަކަށް ޓިކެޓެއް ދުލެއް ނުކުރާނެއެވެ. )މި ޚިދުމަތް މިވަގުތު ލިބޭނީ މާލެ ސިޓީގެބަސްތަކަށް( އަލަށް ތައާރަފުކުރާ އިސްވެދެންނެވުނު ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމަކީ މިވަގުތަށް ހަމައެކަނި އާރް.ޓީ.އެލް މާލެ ސިޓީގެ ބަހުގެ ޚިދުމަތަށް އިތުރުކުރެވުނު ޚިދުމަތެކެވެ. އެހެން ނަމަވެސް އަވަސް މުސްތަޤުބަލެއްގައި އެހެނިހެން އަތޮޅުތަކުގައި މި ކުންފުނިން ދެމުން އަންނަ އާރް.ޓީއެލް ބަހުގެ ޚިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންހުރި މަސައްކަތް މި ކުންފުނިން ކުރަމުން އަންނަކަން ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކެވުމުން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން )އެންސްޕާ( އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.