ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީފައިވާ މައްސަލައެއް ރޭ ދަންވަރު 1:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބުމާ އެކު، ފުލުހުން ސީނަށް ގޮސް އަނިޔާ ލިބުނު އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.