ހުޅުމާލޭ މަގުމަތިން ވޭނެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެއިން ފުލުހުން ބަނގުރާ ފުޅިތަކެއް މިއަދު ހޯދައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނަކާ މެދު ތުހުމަތު ކުރެވިގެން އެވޭން ބަލައި ފާސްކުރި ކަމަށެވެ. ފާސްކުރިއިރު އެއިން ވަނީ ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފެނިފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ބިދޭސީއަކު ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުންގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.