މަސްވެރިކަމަށް ނުކުމެ އުޅުނު "ހީވާގި" ނަމަކަށް ކިޔާ ދޯންޏެއްގައިހުރި ފަޅުވެރިއަކު ޒަޚަމްވެގެން ފަރުވާ ދިނުމަށްޓަކައި ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެ މީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. ޒަޚަވެފައިވަނީ އުމުރުން 50 އަހަރުގެ މީހެކެވެ. އޭނާ ޒަޚަމްވީ ކޮންގޮތަކަށް ކިހިނެއްކަމެއް އެމްއެންޑީއެފުން ވިދާޅުވެފައެއް ނުވެއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިވައިވަނީ މިއަދު މެންދުރު 12:18 އެހައިކަންހާއިރުއެވެ.

މި ހާދިސާ ހިނގީ ރ.އަލިފުށީގެ އުތުރުން 13 ނޯޓިކަލް މޭލު ބޭރުގައި އެދޯނި މަސްވެރިކަން ކުރަމުންދަނިކޮށްނެވެ. އޭނާ އުނގޫފާރަށް ގެންގޮސްފައިވަނީ މިއަދު 15:15 އެހައިކަންހާއިރުއެވެ.