"އެޗްއެމް02" ނަކަށްކިޔާ ތެޔޮ ބޯޓަކުން ގެއްލުނު ބިދޭސީއަކު ހޯދައި ތ. އަަތޮޅު ހޮސްޕީޓަލުގައި ފަރުވާދޭން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓަކީ ތ. ހިރިލަންދޫއިން ފުރައިގެން އެއަތޮޅު ވޭމަންޑޫއަށް ދަތުރުކުރި ބޯޓެއް ކަމަށެވެ. އޭގައި ހުރި ބިދޭސީ ފަޅުވެރިޔާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ 19:20 އެހައިކަންހާއިރު ކަމަށެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އޭނާ ހޯދުމުމުގެ މަސައްކަތް ކުރަމުން ދަނިކޮށްފެނިފައިވަނީ މިރޭ 20:04 އެހައިކަންހާއިރުއެވެ. އެ މީހާ ފެނުނުއިރު ވަނީ ވަރަށް ބޮޑަށް ވަރުބަލިވެ ކޮންމެވެސް ވަރަކަށް ލޮނު ވެސް ބޮވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ވަނީ އެމީހާއަށް އިތުރު ފަރުވާ ދިނުނަށް ތ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.