މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލެއްވީ އެ ކޮމިޝަމުގެ މެމްބަރަކު ކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީއެވެ. މި ހުޅުވާލި ފުރުސަތުގައި ކުރިމަތި ލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެމަގާމަށް އައްޔަން ކުރެވޭނެވެއެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2023 ޖަނަވަރީ 22 އަދި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.