ރާއްޖެ ހިމެނޭ ސަރަހައްދަށް ބަލާއިރު މިއަހަރު އެންމެބޮޑަށް އިގްތިސާދު ކުރިއަރާނޭ ގައުމަކަށްވާނީ ރާއްޖެ ކަމަށް ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި ބުނެފިއެވެ.

އެރިޕޯޓުގައިވަނީ 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައެވެ. މިއާ ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އެއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތަށްފަހު ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

މިއަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓް ވަނީ 8.2 ކުރިއަރާނޭ ކަަމަށް ލަފާކޮށްފައެވެ. މިއީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ އަންދާޒާތަކަށް ވުރެވެސް މަތީ އަދަދެއް ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. މުޅި މި ސަރަހައްދުގައިވެސް 2023 އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެކަމަށް ވޯލްޑްބޭންކުން ބުނެފައިވެއެވެ.