މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޕޭން ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިންޓީމުން ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން އޮންނާނީ މާލެ ރާޅުގަނޑު ސަރަހައްދުގައި މިރޭ 20:30 ގައެވެ.

''ރާޅުގަނޑު ޖަލްސާ'' ގެ ނަމަުގައި ބާއްވާ މި ބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނާ ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ދިޔަ ޑިސެމްބަރު މަހު ނަޝީދުވަނީ ޕްރައިމަރީގެ ކެމްޕޭނަށް ތިން އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެންފައެވެ. މީގެ އިތުރުން މި ހިނގާ ޖަނަވަރީ މަހު ވެސް އެމަނިކުފާނު ވަނީ ނ، ރ، ބ އަށް ވަޑައިގެން ކެމްޕޭން ކުރައްވައިފައެވެ. މިހާރުވެސް އެމަނިކުފާނު ގެންދަވަނީ މާލޭގައި ދޮރުންދޮރަށް ހިންގަވައި ކެމްޕެއިން ކުރައްވަމުންނެވެ.

ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވަނީ އެމްޑީޕީގެ އިސްލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.