ހެއްކާބެހޭ ޤާނޫނަށް ދިވެހި ފުލުހުން އަހުލުވެރި ކުރުމަށް ބޭއްވި ޓްރެއިނިންގ ޕްރޮގްރާމު ނިންމާލައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 34 ވަނަ ރެކްރޫޓް ބެޗުގައި ހިމެނޭ ފުލުހުންނަށް އަމާޒުކޮށްގެން ބޭއްވި ޓްރެއިނިން ޕްރޮގްރާމެއް ކަަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައެވެ.

މި ހަރަކާތުގައި 180 ރެކްރޫޓުން ބައިވެރިވެފައިވެއެވެ. އަލަށް ތަމްރީން ފުރިހަމަ ކުރުމަށްފަހު ޤާނޫނު ތަންފީޒު ކުރަން ނިކުންނަ މިފަދަ ބޭފުޅުންނަށް ރާއްޖޭގެ ޤާނޫނުއަސާސިއާއި ޤާނޫނުތައް ވަރަށް ރަގަޅަށް އެނގެން ޖެހެއެެވެ އެހެން ކަމުން ފުލުހުންގެ އިތުރުން މިފަދަ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ވެސް މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެކެވެ.