އެމްޓީސީސީއިން ކުރިއަށް ގެންދާ ށ. ބިލެތްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން، ރިވެޓްމެންޓް ޖެހުމާއި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްތައް ނިމިއްޖެއެވެ. އެ ކުންފުނިން ވިދާޅުވެފައިވާ ގޮތުން މި މަސައްކަތްތަކުން ނިމިފައިވަނީ 82 ޕަސެންޓެވެ.

މި މަޝްރޫޢުގެ ދަށުން ނުނިމި ހުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި:

  • 50،376 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • ، 170 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 434 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 1565 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ހިންގާ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ