މިއަދުގެ މެންދުރުފަހުގެ ވަގުތެެއްގައި މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެެއްކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ކަރަންޓު ކެނޑިދާނޭ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި :

  • ޖަވާހިރުމަގު
  • ނަސީމީ ހިނގުން
  • ދަކަދާމަގު
  • މިރިޔާސް މަގު
  • އަދި މީގެ އިތުރުން، މުއިވެޔޮގޯޅިއާއި ގުލްހަޒާރު ގޯޅިވެސް ހިމެނެއެވެ.

ކަރަންޓު ކެނޑޭނީ މިއަދުގެ މެންދުރު 14:00 އިން 16:00 އަށެވެ.

ސްޓެލްކޯ އިން ވިދާޅުވި ގޮތުގައި، އެ ގަޑިއަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށެވެ. އަދި މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން މާފަށްވެސް އެދިފައިވާ ވެއެވެ.