ރައީސް ޔާމީން ބަލިވީ: މެޑަމް ފާތުން ؟ މިނިސްޓާރ މުއިއްޒު ނުވަތަ އުއްމީދެއް ނުވާ އުއްމީދެއް ދައްކައިގެން ؟

4

ނިމިދިޔަ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވީއެވެ. ހަމައެކަނި ބަލިވީއެއްވެސް ނޫނެވެ، މިއީ ރައީސް ޔާމީންްގެެ ސިޔާސީ ހަޔާތް ނިންމާ މަގުމަތި ކޮށްލީއެވެ. މިއީ ގިނަ ބަޔަކު ދެކޭ ގޮތެވެ.

Advertisement

އެގޮތަށް ދެކޭ މީހުން ގަބޫލު ކުރާގޮތުންނަމަ، ބަލިވުމުގެ ޒިންމާ ނަގަން ޖެހެނީ ޕީޕީއެމް ލީޑާ ޝިިފެެވެެ. އެހެން ގޮތަކަށް ގަބޫލު ކުރާ މީހުން ބުނަމުންދަނީ، ރިޔާސީ އިންތިހާބުން ބަލިވުމުގެ ޒިންމާ ނަގަން ޖެހެނީ، ރައީސް ޔާމީންގެ އަބިކަނބަލުން މެޑަމް ފާތުން ނުވަތަ ހައުސިން މިނިސްޓާރ ޑރ މުހައްމަދު މުއިއްޒުއެވެ.

މިހާރު ކަންތަށް ވަމުންދާ ގޮތުން ރައީސް ޔާމީންގެ ސިޔާސީ ހަޔާތްނިމި ހަމަ ހަގީގަތުގައިވެސް މަގުމަތި ވުމުގެ ފުރުސަތު އެބަ އޮތެވެ. ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެމްްއަކީ ރައީސް ޔާމީން ފޭރިގަނެފައިވާ ޕާޓީއެއް ކަމަށް އާއްމު ރައްޔިތުންގެ އިތުރުން ބައެއް ސިޔާސީ ލީޑަރުންވެންސް ވަނީ ބުނެފައެވެ. ޕީޕީއެމް އުފެދިގެން އައިއިރު އެޕާޓީގެ ރައީސް އަކީ ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމްް އެވެ. ނަމަވެސް މައުމޫން އާ ހިޔާލު ތަފާތުވުމުން ރައީސް ޔާމީން ފަޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ޕީޕީއެމްގެ ރައީސް ކަމުން، މައުމޫން ދުރުކޮށް ޕާޓީ ޖަހައިގަތީއެވެ. މައުމޫންގެ ފަޅިން މިހާރު ކޯޓަށް ވައްދާާފައިވާ މައްސަލައިގެ ހުކުމް ގާތީ މައުމޫން އާ އެއްކޮޅަށް ކޯޓުންް ނިންމުމެވެ. ވައްދާފައިވާ މައްސަލައަކީ ޕީޕީއެމްގެ ރައީސް ކަމުން ރައީސް ޔާމީން ދުރުކޮށް، މައުމޫން އާ ރައީސް ކަަންް ހަވާލު ކުރުމެވެ. މައުމޫން ކޮޅަށް ހުކުމް އިއްވައިފިއްޔާ ހަމަ ހަގީގަތުގައިވެސް ރައީސް ޔާމީންގެ ސިޔާސީ ހަޔާތް މަގުމަތީވީއެވެ. ޕާޓީއެއް ނެތްނަމަ ސިޔާސީ ލީޑަރަކަށް ނުވާނެއެވެ.

ރައީސް ޔާމީންގެ ސިޔާސީ ހަޔާތް މަގުމަތި ނުކުރެވޭނެ ކަމަށް މިހާރު މަޖިލިސްްގައި ތިއްބެވި އެޕާޓީގެ ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ، ޕީޕީއެމްގެ ރައީސް ކަން މައުމޫންއަށް ކޯޓުން ހަވާލު ކޮށްފިއްޔާ އާ ޕާޓީއެއް އުފެއްދުމުގެ ވިސްނުން ރައީސް ޔާމީން ގެންގުޅުއްވާ ކަމަށެވެ. މީގެ އިތުރަށް ވިދާޅުވެފައިވަނީ، ޕީޕީއެމް ވެރިކަމަށް އައީވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ކަމަށާއި، އަލުންް ވެރިކަމަށް އަންނާނީވެސް އިދިކޮޅު ފާޓީއެއްގެ ގޮތުގައި އޮވެ ކަމަށެވެ. މިއަށް ރައްދު ދެއްވަމުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަށް ބުނަމުންދަނީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވާ ހިސާބުން ރައީސް ޔާމީންް ކުރައްވާފައިވާ ގާނޫނާ ހިލާފު ކަންތައްތަކުގެ ތަހުގީގު ފެށިގެން ދާނެ ކަމަށާއި ރައީސް ޔާމީނަށް އޮތި ޖަލު ކުޑަ ގޮޅި ކަމަށެވެ. އަދި ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދި ނަމަވެސް ޕީޕީއެމްގެ އާއްމު މެމްބަރުން ރައީސް ޔާމީންގެ ފަހަތަށް ނާރާނެ ކަމަށާއި، އާއްމު މެމްބަރުން މިހާ ދުވަސް ވަންދެންް ޕީޕީއެމްގައި ތިއްބެވީ މައުމޫނަށް އަލުން ޕާޓީގެ ރައީސް ކަންް ލިބޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށާއި، މިހާރު އެެ އުއްމީދު ޔަގީނަށް ބަދަލު ވެފައިވާ ކަމަށެވެ.

އިންތިހާބުން ބަލިވި ސަބަބާމެދު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ ވަނީ ވަރަށް ފަހުން ވާހަކަ ދައްކަވާފައެވެ. މޫސާ ވިދާޅުވެފައިވަނީ، އިންތީހާބުން ބަލިވުމުގެ ޒިންވާ ރައީސް ޔާމީން، މެޑަމް ފާތުން އަދި ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕުން ނަންގަވަން ޖެހޭނެ ކަމަށާއި، ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމުގެ ބަދަލުގައި، ޕީޕީއެމް ލީޑާޝިޕް އިން ކުރަމުން ގެންދާ މަސައްކަތަކީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަަރީީފްް އަށް ބެވުން ކަމަށެވެ. ކަން މިހެން އޮތުމުން ޕީޕީއެމްއިން ވީހަވެސް އަވަހަކަށް މިހާރުގެ ލީޑާޝިޕް އުވާލާ އާ ލީޑާ ޝިިޕެއް އައްޔަން ކުރަންް ޖެހޭނެ ކަމަށާއި، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، އެޕާޓީގެ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް، މެމްބަރުންގެ ބަދަލުގައި ރައީސް ޔާމީން ފޮނުވާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނީގެ ވެރިން ތަށް ކަމަށެވެ.

“ދެ އިންތިހާބަކުން މި ބަލިވީ. މިހާރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދޭންވީ. ރައީސް ޔާމީން ވެސް ދުރަށްޖެހިވަޑައިގަންނަވަން ޖެހޭނެ. ފެއިލްވީ ނޫންތޯ އެއީ. ލޯކަލް ކައުންސިލް އިންތިހާބުން ވެސް ފެއިލްވީ. އަނެއްކާ މާދަމާ މި ސަރުކާރު އައިސްގެން ވަޒީފާތައް ގެއްލިގެންދާނެ ކިތައް މީހުން ތިބޭނެ. އެމީހުން ކިހާ ނިކަމެއްޗެއް ވާނެ. އެހެންނަމަވެސް އެމީހުންނަށް ވެސް އުންމީދެއް ހޯދައިދީ، އެމީހުންގެ ކަންތައްތައް ކޮށްދޭކަށް އަދިވެސް ޕީޕީއެމް ލީޑާޝިޕުން އެއްވެސް ކަމެއް ނުކުރާތީ އަޅުގަނޑު މި ވާހަކަ ދައްކަނީ. އެހެންވެއްޖެއްޔާ ލީޑާޝިޕްގެ ނެތެއްނޫންތޯ ވަރެއް،” މޫސާ ވިދާޅުވިއެވެ.

މޫސާ އެމްޑީޕީގައި ހޭދަަ ކުރެއްވި ދުވަސްތަކުން މިސާލު ނަންގަވަމުން ވިދާޅުވީ، “ލީޑާޝިޕް ނުފެނިގެން މިދަނީ. އެމްޑީޕީ 2013ގެ އިންތިހާބުގައި ބަލިވުމާއެކީ އަޅުގަނޑުމެން އެންމެން އިސްވެ ތައްޔާރުވީ 2014 ވަނަ އަހަރު އޮތް އިންތިހާބަށް. ޕީޕީއެމް ބަލިވި ފަހުން އަދިވެސް ޝަރީފުއާ ދިމާއަށް އެއްޗެހި ގޮވުމާއި އިހަށްދުވަހު އަޅުގަނޑުގެ އިސްތިއުފާއަށް ވެސް ގޮވައިފި މަޖިލިސް ތެރޭގައި. މިކަހަލަ ގޮތަކަށް މި ޕާޓީ މިދަނީ،” މޫސަ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަބިކަނބަލުން މެޑަމް ފާތުން، ގެ ސަބަބުން ނާކާމިޔާބީ އާ ގުޅުވިޔަސް އެކަންވެސް ނިމިގެންދަނީ ރައީސް ޔާމީން އަށެވެ. ބަލިވި ކަމުގެ ޒިންމާާ މެޑަމް ފާތުން ނަގަން ޖެހޭނެ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، ރައީސް ޔާމީންއަށް ވުރެެ އިސް ސަފަށް މެޑަމްް ފާތުން އަރުވާފަ ބެހެއްޓުމަކީ ކޮށްގެން ވާނެެ ކަމެއް ނޫން ކަމަށެވެ. މެޑަމް ފާތުންގެ ސަބަބުން ޕާޓީއަށް ފާޑު ކިޔުން އަމާޒު ވެގެން ދިޔައިރު ރައީސް ޔާމީން ހުރި އެއްވެސް އެއްޗެކޭ ވިދާޅުނުވެ ކަމަށެވެ. މިސާލު ނަންގަވަމުން، ފާޑު ކިޔާ ފަރާތަކުން ބުނެފައިވަނީ، މެޑަމް ފާތުން ރަށްރަށް ވަޑައިގަންނަވާއިރު، މުސްކުޅިން އަދި ހާއްސަަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުން ގެންދިޔަ ފައިސާގެ ސަބަބުން ސަރުކާރަށް ކޮރްޕްޝަންގެ ތުހުމަތު ކުރެވިގެން ދިޔަ ކަމަށާއި، އިދިކޮޅު އެކްޓިވިސްޓުންތަށް ސޯޝަލް މީޑިއާގައި، އެވާހަކަތަށް ދައްކަމުން ދިޔައިރު ރައީސް ޔާމީން އެކަންތަށް ނުހުއްޓުވާ ކަމަށެވެ. ރަސްމިއްޔާތެއް ނުވަތަ ޖަލްސާއަކަށް ވަޑައިގަތަސް، މެމްބަރުން އަދި ކުންފުނިތަކުގެ ވެރިންތަށް ޖެހެނީ ރައީސް ޔާމީން އަށް ތައުރީފު ކުރުމުގެ ބަދަލުގައި ޖެހެނީ މެޑަމް ފާތުން އަށް ތަައުުރީީފުު ކުުރަަން ކަމަށެވެ. ޕޯސްޓަރެެއް ހެދިޔަސް އަދި ސޯޝަލް މީޑިއާގައި މެމްބަރަކު ރައީސް ޔާމީންގެ ފޮޓޯއެއް ޕޯސްޓު ކުރަން ޖެހުނަސް ޖެހެނީ ރައީސް ޔާމީން އަަށް ތައުރީފު ކުރުމުގެ ބަދަލުގައި މެޑަމް ފާތުން އަށް ތައުރީފު ކުރަން ކަމަށެވެ.

ސޯޝަލް މީޑއަށް ބަލާލުމުން، ތާއިދު އޮތީ ކޮން ބައެއްކަން ވަަރަށްް ބޮޑަށް އެގިގެން ދާނެއެވެ. ސަރުކާރަށް ނިސްބަތްްވާ މެމްބަރަކު ޓުވީޓެއް ކޮށްލުމުން، ކޮށްލަނީ ޖެއްސުމެވެ. ރީޓުވީޓު ކޮށް އެކުރެއްވި ޓުވީޓެއްގެ މާނަ އިދިކޮޅު ފަރާތްތަކުން ދަނީ ބަދަލު ކުރަމުން، ނުވަތަ ރައީސް ޔާމީން ކުރި ކަމަށް ބުނާ ގާނޫނާ ހިލާފު ކަންތަށްތަކުގެ ވާހަކަ ކިޔައިދެމުންނެވެ. އިންތީހާބުގެ ކެމްޕޭނަށް މަދު ދުވަސް ކޮޅަކަށް ވެފައިވަނިކޮށް ފެނިގެން ދިޔައީ، ސަރުކާރުން މެމްބަރުން ޕޯލް ތަށް ނަގަަންް ފެށި މަންޒަރެވެ. ރައީސް ޔާމީން އާ ދެކޮޅަށް ނަގާ ޕޯލަކުން ވިއްޔާ އިދިކޮޅު ކުރި ހޯދައެވެ. ރައީސް ޔާމީންއާ އަދި ބުޅަލެއް ބޭނުން ކޮށްގެން ޕޯލެއް ނެގިޔަސް ރައީސް ޔާމީން ވަނީ ބައްޔެވެ. މުޅިި ސޯޝަލް މީޑިއާގައި އޭރުވެސް އަދި މިހާރުވެސް އޮތީ އިދިކޮޅު ކޯލިޝަންގެ ނުފޫޒެވެ. ފެނުނު މަންޒަރެކެވެ، ޕީޕީއެމް އަށްް ނިސްބަތްވާ މެމްބަރަކު ނެގި ޕޯލެކެވެ. ޕޯލުން ފެނިގެން ދިޔައީ ރައީސް ޔާމީން ބަލިވެގެންދާ މަންޒަރެވެ. ނަމަވެސް އެ މަންޒަރު ފޮރުވުމަށްޓަކާ ފޭކް އައިޑީ ތަކެއް ހަދައި ރައީސް ޔާމީންއަށް ޕޯލްގައި ވޯޓު ދިނުމުންވެސް ވީ ބައްޔެވެ. ވީއިތުރަށް ފަޝީހަތެވެ. ޕީޕީއެމް ގަބޫލު ކުރިޔަސް ނުކުރިޔަސްް ތިބޭފުޅުން އަދި ސޯޝަލް މީޑިއާގައި ބާރުގަދަ ކުރުމަށް ދިގު މުއްދަތެއް ނަގާނެއެވެ. އިދިކޮޅު މެމްބަރުން އަދި އެކްޓިވިސްޓުން އަތުންް މިސާލު ނަގައިފިނަމަ ތަންކޮޅެއް އަވަސް ވެދާނެއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ، ހައުސިން މިނިސްޓާރ ޑރ މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ބުނެވިދާނެއެވެ. ދޭތެރެއަކުން ޓުވީޓެއް ކޮށްލާާ، ތަނެއް އިމާރަތް ކުރައްވާ ވާހަކަ ބުނެލާނެއެވެ. އެތަނެއްގެ މަސައްކަތް ނިންމާ ގައުމީ ފެންވަރުގައިި ހުޅުވާލާއިރު، އޭގެ ހަފްތާއެއް ފަހުން އަލުން މުލުން އެތަނެއް މަރާމާތު ކުރަން ޖެހެއެވެ. މީގެ މިސާލަކަށް ރަސްފަންނު ފުދޭނެއެވެ. ޓުވީޓެއްް ކޮށްލާ މާލެ މަގުމަތީގައި ފެން ބޮޑުވި ޒާމާން މާޒީވެ ހިގައްޖެ ކަމަށް ބުނެލާނެއެވެ. އޭގެ އަނެއް ދުވަހު ވާރެ ވެހިއްޖެއްޔާ މުޅި މާލެ އަޑިއަށްދާ ހިސާބަށް ފެން ބޮޑުވެއެވެ. މީގެ ހެއްކަކަށް މިފަހުން މާލެއަށް ކުރި ވިއްސާާރައިގެ ސަބަބުން ބޮޑުވި ފެންގަނޑުގެ ފޮޓޯތަށް ބަލައިލާ، ކަކުލު ހުޅާ ހިސާބަށް އަމީނީ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ފެން ބޮޑުވިއިރު މަޖީދީ މަގުގެ ހާލަކީވެސް މީކަމަށް ބުނެވިދާނެއެވެ. ރައްޔިތުން އެތަށް ބޭނުމަކު ކޮންމެ ދުވަހަކު ބޭނުން ކުރަމުންދާާ މަގުތަކުގައި މިވަރަށް ފެން ބޮޑުވީމަ މިނިސްޓަރު މިފަހަރު ވިދާޅުވީ، މާލޭ މަގުތަކުގައި ފެން ބޮޑުވީ ބަޔަކު ގަސްތުގައި ފެން ހިންދާ ނިޒާމު ހަލާކު ކޮށްފައި ވުމުން ކަމަށެވެ. ހަމަ ބެކަޕް ޕްލޭނެއްވެސް ނެތީބާ އޭ ހިތަށް އެރިއެވެ. ހިޔާ މަޝްރޫއުގެ ދަށުން ރައްޔިތުން ހިތްދަތި ކޮށްލީވެސް ހަމަ މިނިސްޓަރުގެ ބެލުމުގެ ދަށުން ހިންގަވާ ހައުސިން މިނިސްޓްރީ އިންނެވެ. މަގުމަތިން މީހަކާ ދިމާވިއަސް ނުހައްގުން މީހަކަށް ފުލެޓު ދިން ވާހަކަ ނޫނީ، ފުލެޓަށް ކުރިމަތި ލިޔަސް މުއްސަދި މީހާާ ނޫން އެހެން މީހަކަށް ފުލެޓު ނުލިބޭނެ ވާހަކެއެވެ. ރާއްޖޭގެ ގޭބިސީ އެއްގައި 5 ނުވަތަ 6 މީހުން އުޅެމުންދާއިރު، އެ ރައްޔިތުން ލައްވާ ގަނަތަޅުވާ، އާދޭސް ކުރުވާފަ ނުހައްގުން ބަޔަކަށް ފުލެޓު ދިނުމުން، އެ ގޭބިސީގާއި ވާ މީހުންގެ ވޯޓު ލިބޭނެތޯ ވިސްނާލާށެވެ. އިންތިހާބުން ބަލިވީީ ވޯޓު އޮޅުވާލައިގެންތޯ ނުވަތަ ނޭގި ނަމަވެސް ކުރެވިފައިވާ ކަންތައްތަކުގެ ސަބަބުން ރައްޔިތުން ހިތުގައި ޖެހި އަސަރު ކޮށްގެންތޯ ވިސްނާލާާށެެވެެ.

 

އަނިޔާވެރިކޮށް މަރާލެވުނު މަރުތަކަށް އިންސާފު ލިބިފައެއް ނުވެއެވެ. ކުޑަ ދުވަސް ކޮޅޭ ތަންފީޒު ކުރާނަމޭ ބުނިި މަރުގެ ހުކުމް ދައުރު ނިމިގެން ދިޔައިރުވެސް ތަންފީޒު ނުކުރެވުނެވެ. މަޖިލިސް މެމްބަރު އަދި ދީނީީ އިލްމްވެރިޔާ ޑރ އަފްރާޝީމްގެ މަރުގެ ތުހުމަަތު ކުރެވޭ މީހަކު ޕާޓީގެ އިސްސަފުގައި ހުރުމުން އެ އާއިލާގެެ ވޯޓު ލިބޭނެތޯ؟ ވިސްނާލާށެވެ. ނޫސްވެރިޔާ އަހުމަދް ރިޝްވާންގެ ބައްޕަ ކޯޓު ދޮށަށް އިންސާފު ހޯދަންް ދިޔުމުން ފާހާ ދުރު ކަޮށްލީމަ ވޯޓުލިި ލިބޭނެތޯ ؟ ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދަަން ނުކުތުމުން، މުގުރި އަދި ޕެޕާ ސްޕޭރޭގެ ޝިިކާރައަކަށް އެއާއިލާ ވުމުން، އެމީހުންގަ ވޯޓު ލިބޭނެތޯ ؟ މާރަމާރީގެ ޝިިކާރައަކަށްވެ ދުނިޔެ ދޫކޮށް ދިޔަ ފަރާތްތަކުގެ އާއިލާއަށް އިންސާފު ލިބޭނެ ކަމުގެ ހުވަފެން ދައްކާާ، އެކަން ފުރިހަމަ ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލުމުން އެއާއިލާތަކުގެ ވޯޓު ލިބޭނެތޯ ؟

އަދިވެސް މިދައްކަނީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އަދި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމްް ވޯޓު އޮޅުވާލި ވާހަކައެވެ. އަގޮޓި އަދި ޑިސަޕެއަރިން އިންކުގެ އިތުރުންް ވޯޓު ފާހަގަ ވެއްޓޭ ވާހަކައެވެ. ޕީޕީއެމް މެމްބަރަކަށް އިހަކަށް ދުވަހު އީސީގެ މެމްބަރު އަކްރަމް ޝަަހީީދުު ހުސެއިިން އާދަމް ބިލްޑިން ކައިރިން ފެނިގެން އެވާހަކަ ޓުވީޓާގައި ހިއްސާކޮށްފައި ވެސް އޮތެވެ.

މައްސަލަ ބަލަމުން ދަނިކޮށް ވޯޓު ކަރުދާސް ނައްތާލުމުން ކަންބޮޑު ވިއެވެ. ކަންބޮޑު ނުވަނީ ރައްޔިތުންނަށް ވިއްކި ވައުދުތަކާ އުއްމީދު ނެތް އުއްމީދު ތަކުގެ ވާހަކަތަކެވެެ. މިގައުއު މަސްތުވާތަކެތީގެ ވަބާއިިން ސަލާމަތް ކޮށްދީ މަރުގެ ހުކުމް ވެރިކަމުގެ ފުރަތަމަ އަހަރު ތަންފީޒު ކޮށް އަމާން ރާއްޖެއަކަށް ބަދަލު ކުރާނަމޭ ކިޔައި ދެއްކި އުއްމީދުތަކެވެ.

Advertisements

4 COMMENTS

  1. މަރުުގެ ހުކުމް ތަންފީޒު ކުރާކަށް އެއްވެސް ސަރުކާރަކަށް ނުކެރޭނެ

  2. މިަގައުގަައިި މިއޮންނަށް އިންސާފުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ

  3. ރައީސް ޔާމީީން އަދި ޕީޕީއެމް އިިން މިއަދުން ފަށައިގެން ވޯޓު އޮޅުވާލި ވާހަކަ ނުދައްކަން އަމުރު ކުރަން

Comments are closed.