ގެއްލިގެން ހޯދަމުންދިޔަ ހަސަން ރަމީޒު އާއިލާއާއި ގުޅިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ.

އުމުރުން 34 އަހަރުގެ ޙަސަން ރަމީޒު، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން އައިލާއިން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހު 10 ވަނަ ދުވަހުގައެވެ.

ފުލުހުން އޭނާ ހޯދުމުގެ އާއްމުކޮށް އިއުލާންކުރީ މިމަހުގެ 12 ވަނަދުވަހުއެވެ.

މިގޮތުން ރަމީޒު ގެއްލިގެން އާއްމުކޮށް އިއުލާންކުރި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ އާއިލާއާ އޭނާ ގުޅިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ޒުވާނާ އަކީ ދ. މާއެނބޫދޫ މީހެކެވެ.