1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރުމުގެ ގޮތުން ސިފައިންގެ ޔުނިޓްތަކަށާއި ސިފައިންގެ ޢާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި، ދިވެހި އަސްކަރިއްޔާގެ 10 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ލާންސް ކޯޕްރަލް އަޙްމަދު ސަލީމު ހޯދައިފިއެވެ. މި ނަތީޖާއާއެކު އޭނާއަށް ވަނީ ސިސިލްފަރު ޙައްޖު އެންޑް އުމްރާ ޤުރޫޕުން ދެއްވާ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު ލިބިފައެވެ.

މުބާރާތުގައި ބައިވެރިވި ސިފައިންގެ ތެރެއިން ދެވަނަ ހޯދާފައި ވަނީ ކެޕްޓަން މުޙައްމަދު ލިޔާޢު އިބްރާހީމްފުޅެވެ. ތިންވަނަ ހާސިލުކުރި ފަރާތަކީ ސާޖަންޓް އިބްރާހީމް ޙުސައިންއެވެ. މުބާރާތުގެ ޔުނިޓްތަކުގެ ކެޓަގަރީއިން އެއްވަނަ ހޯދީ ކޯސްޓްގާޑެވެ. ދެވަނަ ހޯދާފައިވަނީ އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އެވެ. ޔުނިޓްތަކުގެ ކެޓަގަރީން ތިން ވަނަ ހޯދާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑެވެ. މުބާރާތުގެ ޔުނިޓްތަކުގެ ކެޓަގަރީން ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ލާންސް ކޯޕްރަލް އަޙްމަދު ސަލީމެވެ. ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ކެޕްޓަން މުޙައްމަދު ލިޔާއު އިބްރާހީމްފުޅެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ސިފައިންގެ އާއިލާތަކުގެ ކެޓަގަރީއިން ބައިވެރިވި ޒައިނަބު ބިންތު މުޙައްމަދު އިބްރާހީމްއެވެ. އަދި މުޅި މުބާރާތުން ދެ ވަނަ ހޯދީ ޒާޔާ އަޙްމަދު ޒުބައިރެވެ. މުޅި މުބާރާތުން ތިން ވަނަ ހޯދާފައިވަނީ އާމިނަތު އައިލީން އިބްރާހީމްއެވެ. މުބާރާތުގެ އުމުރުފުރާތަކުގައި ބައިވެރި ނުވެވޭ ޢާއިލާތަކުގެ ކެޓަގަރީން ބަލައިގެން ކިޔެވުމުން އެއްވަނަ ތިން ފަރާތަކުން ހޯދާފައިވެއެވެ. އެއީ ރިސާނާ ޢަބްދުﷲ އާއި އާމިނަތު އައިލީން އިބްރާހީމްގެ އިތުރުން ޒައިނަބް ބިންތު މުޙައްމަދު އިބްރާހީމްއެވެ.

މި މުބާރާތުގެ އުމުރުފުރާތަކުގެ ކެޓަގަރީގެ ތެރެއިން 5 އަހަރުން ދަށުގެ އެއްވަނަ ހޯދީ ޒައުލް އަޙްމަދު ހުމާމް އާދަމެވެ. ދެވަނަ ހޯދާފައިވަނީ ސުމައްޔާ ނަދީމް އިބްރާހީމްއެވެ. ތިންވަނަ ހޯދާފައި ވަނީ ދަޙާ ޢަލީ ވިއާމްއެވެ. މުބާރާތުގެ 8 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދީ ޢާއިޝަތު ޒައިނީ އިބްރާހީމެވެ. ދެވަނަ ހޯދާފައިވަނީ އައިޝަތު އާޔާ ޙަސަންއެވެ. ތިންވަނަ ހޯދާފައި ވަނީ ސަންފާ އަފްރާދުއެވެ. މުބާރާތުގެ 12 އަހަރުން ދަށުގެ ހިތުން ކިޔެވުމުން އެއް ވަނަ ހޯދީ ޒައިނަބު ބިންތި މުޙައްމަދު އިބްރާހީމެވެ. ދެވަނަ ހޯދީ މަރިޔަމް އިބާ މުޙައްމަދު ޝާފެވެ. ތިންވަނަ ހޯދާފައި ވަނީ އައިމިނަތު ހިޝްމާ ހާރިސެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދީ ޔައިޝާ ޔާސިރު އިބްރާހީމެވެ. ދެވަނަ ހޯދާފައި ވަނީ ޢާއިޝަތު އައިލީންއެވެ. މި ކެޓަގަރީން ތިން ވަނަ ދެ ފަރާތެއް ހޯދާފައިވެއެވެ. އެއީ އައިޝަތު ރަޙާ ޙަލީމްއާއި އައިޒާ އަޙްމަދު ލިޒާންއެވެ.

ސޯޅަ އަހަރުން ދަށުގެ ހިތުން ކިޔެވެމުން އެއްވަނަ ހޯދާފައިވަނީ އާމިނަތު ޝަފްޢާ ޝަހީން އެވެ. ދެވަނަ އަށް ދިޔައީ އާކިފް ބިން އިބްރާހީމް މުޙައްމަދެވެ. ތިންވަނަ ހޯދީ އައިޝަތު ހަނާން ހަސަން އެވެ. މި ކެޓަގަރީން ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދާފައި ވަނީ އާމިނަތު އައިލީން އިބްރާހީމް އެވެ. އަދި ދެވަނަ އަޙްނަފް ބިން އަޙްމަދު ޢަބްދުﷲ އެވެ. ތިންވަނަ ހޯދާފައި ވަނީ މުޝާތު މުސްތާޤެވެ.

މުބާރާތުގެ އުމުރުފުރާގެ ކެޓަގަރީގެ ތެރެެއިން 18 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުން 1 ވަނަ ހޯދާފައި ވަނީ އައިޝަތު ނަބާހާ އިސްމާޢީލެވެ. ދެވަނަ ފާޠިމަތު މަލަކް ޢާޠިމެވެ. ތިން ވަނަ ހޯދާފައި ވަނީ ޢަލީ ސައިދާން ޝަހީނެވެ. 18 އަަހަރުން މަތީގެ ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދާފައި ވަނީ މުޙައްމަދު އަތޯ އިބްރާހީމެވެ. މުބާރާތުގެ ހާފިޒް ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ޒާޔާ އަޙްމަދު ޒުބައިރު އެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑީއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފެވެ. މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނުގެ އިތުރުން ޖެނެރަލް އޮފިސަރުން ކަަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.