މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށްގެންދާ ހދ. ކުޅުދުއްފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފި ކަމަަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވި ގޮތުގައި މި ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

އެމްޓީސީސީ އިން ވިދާޅުވީ ހަލުވި ކަމާއެކު ކުރިއަށްދާ މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢު، 42,375,467.36 ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭ ނިންމުމަށެވެ.