ށ. ނޫމަރާ ބަނދަރާ އި ނެރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެންކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

އެމްޓީސީސީއިން ވިދާޅުވީ އާބާދީގައި 518 މީހުން ދިރިއުޅޭ ނޫމަރާއަކީ ބިމުގެ ޖާގައިގެ ގޮތުން 41 ހެކްޓަރުގެ ބޮޑުމިން ހުރި ރަށެއްކަމުގައި ވީނަމަވެސް، މި ރަށަކީ ގުދުރަތީ ފަޅު ކުޑަ ގާމަތީ ރަށެއްކަމަށެވެ. އަދި ނޫމަރާ ބަނދަރަކީ ކަނޑު ގަދަވާއިރު ބޭނުންކުރުމަށް ދަތި ބަނދަރެއް ކަމަށާއި ހުޅަނގުގައި ހަޅަޖަހާ ރާޅުބިންދާއިރު ނެރު ބޭނުންނުކުރުމަކީ އަދި ވަކިން އުނދަގޫ ދަތިކަމެއްކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބަނދަރަށްވެލިއަރާ ތިލަވުމުގެ ސަބަބުން ނެ ރުގެ ބޭނުން ވަނީ އެއްގޮތަކަށްވެސް ރަނގަޅަށް ނުކުރެވިފައެވެ. އެހެންކަމުން ނިމިގެން މިދިޔަބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ ސަބަބުން ނޫމަރާގެ ރައްޔިތުންނަށް ނެރާއި ބަނދަރު ބޭނުންކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ލިބި އޮޑިދޯނިފަހަރު ނެރުން ވަދެ ނިކުތުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވޭ ކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން، 347,6 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.