ސަރުކާރުން ހިންގާ 28.8 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ދަށުން ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަށް ވަރަށް ބާރަށް ކަުރިއަށްދާ ކަމަށް އެމްޓީސީއިން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން ވިދާޅުވީ އެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުން

220 މީޓަރު ރިވެޓްމެންޓް ޖެހުން

369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.