ޗައިނާއިން މިއަހަރުގެ ތެރޭގައި 70 ބިލިއަން ޑޮލަރުގެ ޕީޕީއީ ފަދަ ރައްކާތެރިކަމަށް ބޭނުން ކުރާ ސާމާނުތައް އެކްސްޕޯޓް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.

ކޮރޯނާ ވައިރަސް އުފެދިގެން އައީ ޗައިނާއިން ކަމުގައި ވިއަސް މިއީ ޗައިނާއަށް ފައިދާ ބޮޑުވެގެން ދިޔަ ވިޔަފާރިއެކެވެ. މިދިޔަ ހަފްތާ ގައި ޗައިނާގެ ލިއާއޮނިންގ ޕްރޮވިންސްގައި ބޭއްވި ފެޝަން ހަފްތާ ފާހަގަ ކޮށްފައި ވަނީ ކޮވިޑްގެ ސިއްޙީ ރައްކަލަށް ބޭނުންކުރާ ޕީޕީއީ ހެދުން ދައްކާ ލުމަށެވެ.

https://youtu.be/worR8xC6eGU

ކޮވިޑް19ގެ ބަލި އެންމެ ގަދައަށް ހުރިހައި ގައުމަކަށް ފެތުރިގެން ދިޔައިރު ޗައިނާއިން ގިނަ އަދަދެއްގެ ޕީޕީއީ ސޫޓްތަކާއި މާސްކްތައް ދުނިޔެއަށް އެކްސްޕޯޓް ކުރިއެވެ.

ސްޕެއިން، ތުރުކީ، ޗެކް ރިޕަބްލިކް، ސްލޮވޭކިއާ، ބްރިޓައިން އަދި އިންޑިއާ އަދި ނެދަރލެންޑްއިން މި ތަކެތީގައި މައްސަލަ އުޅޭކަމަށް ބުނެ އަނބުރާ ފޮނުވާލިއެވެ.