އދ. ކުންބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތް ކުރާ ސަރަހައްދު ތައްޔާރުކޮށްފިއެވެ. އެމަސައްކަތަށް ސަރަހައްދު ތައްޔާރުކޮށް ނިމިފައިވަނީ ޖަނަވަރީ 15 ގައެެވެ.

މި މަޝްރޫޢުގެ ދަށުން:

  • 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 7،171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން
  • 615 މީޓަރުގެ ރިވެޓްމެންޓް ޖެހުން

މި މަޝްރޫޢަކީ 22.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެެވެ. އެމްޓީސީސީން މަސައްކަތް ކުރައްވަނީ ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށެވެ.