ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އެއީ މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވިގޮތުގައި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 02:07 ހާއިރުކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

"ބޮނިތޯ ކެރިއާ" ކިޔާ މި ދޯނި މުދާ ހިފައިގެން ދަތުރުކަމުން އައީ މާލެއިން އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓަށެވެ. މި ދޯންޏަކީ 85 ފޫޓުގެ ދިގުމިނުގެ ދޯންޏެކެވެ. މި ދޯނީގައި ހަ ފަޅުވެރިން ތިއްބެވެ.

މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.