އިންސާފުގާއިމު ކުރެވޭ ހަމަހަމަ މުޖުތަމައެއް ގާއިމު ކުރެއްވުމަށްޓަކައި، ގައުމީ މަސައްކަތުގައި ދެގޮތެއްނުވެ ހުންނަވާނޭ ކަމަށް އެެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ދަނގެތީދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ "އިންސާފުގާއިމު ކުރެވޭ ހަމަހަމަ މުޖުތަމައެއް ގާއިމު ކުރަން، ގައުމީ މަސައްކަތުގައި ދެގޮތެއްނުވެ ހުންނާނަން،" ކަަމަށެވެ. ނާޒިމަކީ އުމުރުން 19 އަހަރުން ފެށިގެން ގައުމީ މަސައްކަތުގައި އުޅުއްވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާގެ ގައުމީ ޚިދުމަތް ފެށިފައިވަނީ ސިފައިންގެއިންނެވެ. ޕްރައުވެޓް ރޭންކުން ފެށި ޚިދުމަތުން ރިޓަޔަރު ކުރެއްވިއިރު ހުންނެވީ ކާނަލެއްގެ ރޭންކުގައެވެ.

އެއަށްފަހު ރައީސް ވަހީދާއި ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވިއެވެ. އެދުވަސްވަރު އެ ދެ ސަރުކާރުން ވެެސް ވަނީ ނާޒިމާ ތަފާތު މަސައްކަތްތައް ހަވާލު ކުރައްވައިފައެވެ. އެ މަސައްކަތްތައް އޭނާ ވަނީ ވަރަށް ފުރިހަމައަށް ނިންނަވާފައެވެ.

މިހާރު އޭނާއަކީ އދ. ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރެވެ. މެމްބަރަކަށް ހުންނަވައިގެން އެމްއެންޕީ އުފެއްދެވީ އެހެން ސިޔާސީ ލީޑަރުންގެ ފަހަތުގައި ހުންނަވައިގެން އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ޚިދުމަަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގންނަވާތީ ކަމަށް ނާޒިމް ވިދާޅުވިއެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އެމްއެންޕީއަށް ކާމިޔާބު ވެއްޖެނަމަ ދިވެހިރައްޔިތުންނަށް ހުރިހާގޮތަކުން ފާގަތިކަމާއި ތަނަވަސްްކަން ގެނެސްދެއްވާނޭ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.