"ކަށަވަރު ޕްރޮމޯ 2022 "ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 01 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު ޕްރޮމޯޝަނެކެވެ. މި ރަސްމިއްޔާތު އޮތީ ކަށަވަރު ޝޯރޫމްގައެވެ.
"ކަށަވަރު ޕްރޮމޯ2022 "ގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އއ. އުކުޅަސް، ޖަވާހިރުމާގޭ، އަލްފާޟިލް ޙުސައިން ނަސީރުއެވެ. އެފަރާތާއި އިނާމު ހަވާލުކޮށްދެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އެމްޓީސީއިން ވަނީ ޙުސައިން ނަސީރަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި، ތަޙުނިޔާ ދަންނަވާފައެވެ.
އެމްޓީސީއިން ވިދާޅުވީ މިއީ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޕްރޮމޯޝަން އެއް ކަމަށެވެ. މިގޮތުން "ކަށަވަރު ޕްރޮމޯ" ގެ މަޤުސަދަކީ އޮޑިވެރިންކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދިޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ މިކުންފުނީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރުފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.
މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓް ތަކަކީ:
- ޔަންމާއަދި ސުޒުކީ އިންޖީން
- އިންޖީނުގެ ސްޕެއަރ ޕާރޓްސް،
- ކާސްޓްރޯލް އަޑީތެޔޮ
- ޕީޕީޖީ ކޯޓިންގްސް
- ސްކޮޓް ބޭޑަރ ފައިބަރުސާމާނު
- މާރޮލް ސްޓީރިންގ ސިސްޓަމް
- އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތައް ހިމެނެއެވެ.
"ކަށަވަރު ޕްރޮމޯ 2022 "ކުރިއަށް ދިޔަ މުއްދަތުގެ ތެރޭ ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުންވަނީ ޒިޔާރަތްކޮށްފައެވެ. އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.
ކޮންމެ އަހަރަކު އެކިއެކިޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތުފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ މިކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެއްކަމަށް އެކުންފުނިން ވިދާޅުވިއެވެ.