މ.މަޑުއްވަރީ ދޯންޏެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ދޯނި ފަރަށް އެރީ އެން ހިފަން އުޅުމުގެ ތެރޭގައިކަމަށެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި ފަރަށް އަރައިފައި ވަނީ އެރަށު "ރޭވަން" ނަމަކަށް ކިޔާ ދޯންޏެވެ. މިއިީ ސާޅީސް ފޫޓު ދިގުމިނުގެ ދޯންޏެކެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭގެ 22:40 ހާއިރުއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ދޯނި ފުންކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ. މިގޮތުން ކޯސްޓްގާޑު ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނި ފުންކުރުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

މި ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބީ 9 ފަޅުވެރިންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްޑީއެފްއިން ވަނީ ވިދާޅުވެފައެވެ.